ސިއްދީގަށް ހަމަލާދިންކަމަށްބުނެ ހައްޔަރުކުރި ސުމިތު ދޫކޮށްލައިފި

ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސުމިތު) ދޫކޮށްލައިފިއެވެ. ސު...

22 Nov 2018 | 14:42

ކުރީގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓް، އަލީ ހާޝިމް (ސުމިތު) ދޫކޮށްލައިފިއެވެ.

ސުމިތު ދޫކޮށްލިކަން ދުވަހަށް ޔަގީންވި ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. އޭނާ ދޫކޮށްލާފައިވާއިރު މި މައްސަލައިގާ އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގެ މުއްދަތަށް ހަތް ދުވަސް އެ ކޯޓުން ޖަހާދީފައިވެއެވެ.

ސުމިތު ދޫކޮށްލާފައިވާއިރު އޭނާ ދޫކޮށްލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ގޮވާލައްވާފައިވެއެވެ. އަދި އޭނާ ދޫކޮށްލުމަށް ގޮވާލައި އެމްޑީޕީން މިއަދު މުޒާހަރާވެސް ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް