ސިއްދީގަށް ހަމަލާ ދިންކަމަށްބުނާ ސުމިތު ދޫކޮށްލަން ރައީސް ނަޝީދު ގޮވާލައްވައިފި

ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާ ދިންކަމަށް ބުނާ އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު) ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދ...

22 Nov 2018 | 12:16

ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަހްމަދު ސިއްދީގަށް ހަމަލާ ދިންކަމަށް ބުނާ އެމްޑީޕީ އެކްޓިވިސްޓް އަލީ ހާޝިމް (ސުމިތު) ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިކަމަށް ރައީސް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެކްޓިވިސްތް އަލީ ހާސިމް ސްމިތު ވަނީ ޕީޕިއެމްގެ އެކްޓިވިސްޓް ސިއްދީގުގެ ރިޕޯޓަކަށް ހައްޔަރުކޮށްފައި ކަމަށާއި ސިއްދީގުގެ ބަހުގެ ހަމަލާތަކާއި އަނގަ ހުތުރުކަމަކީ މުޅި ޓްވިޓާގައިވެސް މަޝްހުރު ވާހަކައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

"އެމްޕީއެސްއިން މި ބާވަގުތެ ކަންކަން ކުރައްވަން ވާނީ ދެކޮޅު ބަލާފަ، އަލީ ހާޝިމް ދޫކޮށްލާ" ފުލުހުންނަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1065576068944355328

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެ މައްސަލައިގާ ސުމިތުގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހަތް ދުވަސް ޖަހާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް