ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ހ.ތިމާވެށި އަބްދުﷲ ޖާބިރު އައްޔަން ކުރައްވައިފިއެވެ.
ޖާބިރު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ރައީސް ޞާލިޙްގެ ސްޕެޝަލް އެންވޯއީގެ މަގާމަށް ޖާބިރު ހަމަޖައްސައި މަގާމުގެ ހުވާ ރައީސް ޞާލިޙްގެ ހާޒިރުގައި ޖާބިރު ކުރައްވާފައިވާއިރު، ރައީސް ޞާލިޙްގެ ސަރުކާރު އެކުލަވާލުމުގެ ކުރިން، އިކޮނޮމިކް މިނިސްޓަރުގެ މަގާމަށް ވަޑައިގަތުމުގެ ޝަޢުޤު ޖާބިރު ފާޅުކުރެއްވިއެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރުކަން ދެއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ގަމު ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވި ފައްޟް އިސްމާޢީލް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް