ރައީސް ސާލިޙްގެ އަރިހަށް ރައީސް މައުމޫން ޒިޔާރަތް ކުރައްވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްޢުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ރައީސް އޮފީހުން ހާމަ...

22 Nov 2018 | 10:34

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްޢުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރިޔާސީ އިންތިޚާބު ރައީސް ޞާލިޙް ކާމިޔާބު ކުރެއްވިފަހުން ރައީސް މައުމޫން އާއި ރައީސް ޞާލިޙް ބައްދަލުކުރައްވާ މިއީ ތިންވަނަ ފަހަރެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ އިތުރު މަޢުލޫމާތެއް ރައީސް އޮފީހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް