އަޝްމަލީ، ހާރިޝް އަދި އިތުރު 17 ބޭފުޅަކު ބޯޑުތަކުން ވަކިކޮށްފި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތްތައް މިއަދުން ފެށިގެން ވަކިކޮށްފިއެވެ. މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓ...

22 Nov 2018 | 09:00

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުގެ ބޯޑަށް އައްޔަންކޮށްފައިވާ ފަރާތްތައް މިއަދުން ފެށިގެން ވަކިކޮށްފިއެވެ.

މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ގެ ރައީސް މުހައްމަދު ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ (ލިސްޓެއް ހާމަކުރުމަށްފަހު) ލިސްޓުގައިވާ ބޯޑު މެމްބަރުން މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.

އެ ލިސްޓުގައި ހިމެނެނީ

  1. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) ގެ ޗެއަރމަން އަހްމަދު އައިމަން
  2. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޡުހޫރު
  3. ގްރޭޓރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން
  4. ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ޗެއަރމަން މުހައްމަދު ޝާހިދު
  5. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ނާޞިފް
  6. ހަމަ އެ ކުންފުނީގެ ބޯޑު މެމްބަރު އަހްމަދު ބުންޔާމީން
  7. އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ ޗެއަރމަން އަޙްމަދު ޝަފީޢު
  8. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިޠް
  9. ފެނަކަ ކޯޕަރޭޝަންގެ ޗެއަރމަން އިގްބާލް އާދަމް
  10. މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިދުރީސް އިސްމާއިލް
  11. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޗެއަރމަން އަހްމަދު ނިޔާޒް
  12. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމ ޒިޔާތު
  13. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް
  14. ދިރާގު ޕަބްލިކް ލިމިޓެޑްގެ ޗެއަރމަން މުހައްމަދު އަޝްމަލީ
  15. ޕަބްލިކް ސާވިސް މީޑިއާގެ ޗެއަރޕާސަން މަރްޔަމް އްޛްރާ އަހްމަދު
  16. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޚަލީލް
  17. ހަމަ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުއްލަތީފް
  18. މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއަރމަން އިހްސާނާ އަބްދުލްޣަނީ
  19. ހަމަ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުއްރައްޒާގް އިބްރާހިމް

ބޯޑުތަކުން 19 މެމްބަރަކު ވަކިކޮށްފައިވާއިރު ރައީސް ސާލިޙްގެ ވެރިކަން ފެށުމުގެ ކުރިން އަދި ފެށުމަށްފަހު ބައެއް ބޯޑު މެމްބަރުން އަމިއްލައަށް އިސްތިއުފާ ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް