ޓެރެރިސްޓެއް ކަމުގެ ތުހުމަތުން މުހުތާޒު ސަލާމަތްވެއްޖެ

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އޭނާވެސް މިނިވަން ކޮށްފިއެވެ. ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ނިނ...

22 Nov 2018 | 07:48

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް ހައިކޯޓުން އޭނާވެސް މިނިވަން ކޮށްފިއެވެ.

ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ފަނޑިޔާރު ނިންމެވީ މުހުތާޒުގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަކީ އުސޫލަތަކާއި ޚިލާފަށް ކޮށްފައިވާ ހުކުމަކަށް ވާތީ އެ ހުކުމް ބާތިލް ކުރެއްވުމަށެވެ. ކްރިމިނަލް ކޯޓުން މުހުތާޒުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފައިވާއިރު، މި މައްސަލާގައި ހަމަ 17 އަހަރަށް ޖަލަށް ލުމަށް މާމިގިލީ ކޯޓުގެ އިސްގާޒީ އަހްމަދު ނިހާނުގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން އިއްޔެ ވަނީ ބާތިލްކޮށްފައެވެ.

މުހްތާޒުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މުހުތާޒު މާލެއިން ފުރައިގެން މާމިގިއްޔަށް ގޮސް ނިހާނާ ބައްދަލުކޮށް އެރަށު ކޯޓު ހުޅުވައިގެންތިބެ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ތައްޔާރުކުރަން މަސައްކަތްކޮށްފައިވާކަން ޝަރީއަތަށް ސާބިތުވުމުން ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް