އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ނުވަ ވަނަ ޖަލްސާއިން ފާސްކުރި އެ ބިލު، ގާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން، އެ ބިލު ގާނޫނަކަށްވެ، ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިއުކޮށްފައެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އާންމު ގަވާއިދުތަކާބެހޭ ގާނޫނު ގެ 2 ވަނަ ޖަދުވަލުގެ 10 ވަނަ ނުކުތާއަށް "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދު" އަލުން ހިމަނައި، އެ ގަވާއިދުގެ ބެލެނިވެރި ގާނޫނެއް ކަމުގައި އާންމު ގަވާއިދުތަކާބެހޭ ގާނޫނު ވަނީ ހަމަޖެހިގެން ގޮސްފައެވެ.
http://www.gazette.gov.mv/gazette/download/4418
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް