މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ފިރިހެނުންގެ ދުވަސް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކޮށްފައިވަނީ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސްކަމުގައިވާ މި މަހުގެ 19 ވީ ހޯމަ ދުވަހުއެވެ.
އެގޮތުން ކަރެކްޝަންސްގެ ހެޑް އޮފީހުގައި މަސައްކަތް ކުރާ އަންހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންގެ ފަރާތުންވަނީ ހެޑް އޮފީހުގައި މަސައްކަތްކުރާ ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުން ހެނދުނު އޮފީހަށް ދިއުމުން ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައިވާކަމަށާއި އަދި ކޮންމެ ފިރިހެން ބޭފުޅަކަށް ކަޕް ކޭކަކާއެކު ހަދިޔާވެސް ދީފައިވާކަމުގައި ކަރެކްޝަންސުން ބުނެއެވެ.
އަދި އެރޭ ހެޑް އޮފީހުގައި މަސައްކަތްކުރާ ހުރިހާ ފިރިހެން ބޭފުޅުންނަށް ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއްވެސްވަނީ ދީފައިވާކަމަށާއި މި ފަރިއްކޮޅު ނިމިގެންދިޔައީ ދުވަހާ ގުޅޭގޮތުން އަންހެން ބޭފުޅުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ޚާއްޞަ ކޭކު ފެޅުމުން ކަމުގައިވެސް ކަރެކްޝަންސުން ބުނެއެވެ.
ކަރެކްޝަންސުން އިތުރަށް ބުނެފައިވަނީ މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާފުށީ ޖަލުގައި މަސައްކަތްކުރާ އަންހެން އޮފިސަރުންނާއި ސިވިލް ސްޓާފުންގެ ފަރާތުންވެސް ވަނީ އެ ޖަލުގައި މަސައްކަތްކުރާ ފިރިހެން އޮފިސަރުންނާއި ސިވިލް މުވައްޒަފުންނަށް ޚާއްޞަ ރޭގަނޑުގެ ފަރިއްކޮޅެއް ދީފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް