ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާއު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މިކަން ހާމަކޮށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވެފައިވަނީ ޝިފާއުގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށްފައިވާކަމަށާއި އޭނާ އިސްތިއުފާ ދީފައިވަނީ މިއަދުން ފެށިގެން ކަމަށެވެ.
އޭނާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ޝިފާއު އެ މަގާމަށް ހަމަޖައްސާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފުވާދު އެ މަގާމުން ވަކި ކުރުމަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް