އުރީދޫގެ ގުޑި މަހާސަމާ މާދަމާ ހެނދުނު ހުޅުމާލޭގައި

ގުޑި މަހާސަމާ ނަމުގައި ގުޑި އެރުވުމުގެ ފެސްޓިވަލެއް މާދަމާ ހެނދުނު ހުޅުމާލޭގައި ބާއްވަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. އުރީދޫއިން ބުނެފައިވާގޮތުގައި ގުޑި މަހާސަމާ އަކީ ގުޑި އަރުވަން ބޭނުންވާ ...

22 Nov 2018 | 06:08

ގުޑި މަހާސަމާ ނަމުގައި ގުޑި އެރުވުމުގެ ފެސްޓިވަލެއް މާދަމާ ހެނދުނު ހުޅުމާލޭގައި ބާއްވަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި ގުޑި މަހާސަމާ އަކީ ގުޑި އަރުވަން ބޭނުންވާ ކުޑަކުދިންނާއި ގުޑި އަރުވަން ބޭނުންވާ ހަމަ ކޮންމެ މީހަކަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ފެސްޓިވަލެއް ކަމަށެވެ.

ގުޑި އެރުވުމަކީ ކުރީއްސުރެ ދިވެހިން ކުރަމުން އައި ކަމެއް ކަމުގައިވާއިރު މި ފެސްޓިވަލްގެ ސަބަބުން އެ އާދަ އިއާދަވެ ހަނދާންތައް ތާޒާވެގެންދާނެކަމުގައި އުރީދޫއިން ގަބޫލުކުރެއެވެ.

ހެނދުނު 08:00ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ފެށުމަށް ހަމަޖެހިފައިވާ މި ފެސްޓިވަލްގައި ގުޑިއާއި ބެހޭ ވޯކްޝޮޕެއް ބޭއްވުމަށްފަހު އެންމެ ފުރިހަމަ ތިން ގުޑި ހޮވުން އޮންނާނެކަމުގައި އުރީދޫން ބުނެއެވެ. އަދި ގުޑި އެރުވުމުގެ މުބާރާތެއް އޮންނާނެ ކަމަށާއި މުބާރާތުން އެންމެ މޮޅު ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާކަމުގައިވެސް އުރީދޫއިން ބުނެއެވެ.

މީގެ އިތުރުން ބޮލްސް ރޭހާއި އެ ރޭހުން މޮޅުފަރާތްތައް އިއުލާނުކުރުން އޮންނާނެ ކަމުގައިވެސް އުރީދޫއިން ބުނެފައިވެއެވެ. އުރީދޫ ގުޑި މަހާސަމާ މާދަމާ ހެނދުނު 08:00 އިން ފެށިގެން ހެނދުނު 11:00 އާއި ހަމައަށް ކުރިއަށްދާނެއެވެ.

މާދަމާ ހެނދުނު އުރީދޫ ގުޑި މަހާސަމާ ބޭއްވުމަށް ހަމަޖެހިފައިވާއިރު މާދަމާ ހަވީރު އުރީދޫ ކަލަރ ރަން ހުޅުމާލޭގައި އޮންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް