ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އޮސްޓްރޭލިއާގެ ޝައިހް ނަސީމް ރާއްޖެ ވަޑައިގަންނަވަނީ!

ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ޢަބްދުލް ނަސީމް (އަބޫ މުޙައްމަދު ނަސީމް) ޑިސެމްބަރ 23-28 އަށް ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ހަމަޖެހިފައިވާކަމުގައި...

22 Nov 2017 | 08:19

ޕީސް ފައުންޑޭޝަންގެ ދަޢުވަތަކަށް އޮސްޓްރޭލިއާގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިހް ޢަބްދުލް ނަސީމް (އަބޫ މުޙައްމަދު ނަސީމް) ޑިސެމްބަރ 23-28 އަށް ރާއްޖެ ވަޑައި ގަންނަވަނަވާގޮތައް ހަމަޖެހިފައިވާކަމުގައި އެ ފައުންޑޭޝަނުން ހާމަކޮށްފި އެވެ.

އޮސްޓްރޭލިއާއަށް އުފަން ޝެއިހް ނަސީމަކީ ސްވިޒަރލޭންޑް، ފިޖީ އަދި މެލޭޝިއާ ފަދަ ޤައުމުތަކުގައި ޒުވާނުންނަށް ހިންގޭ އެކި އެކި އިވެންޓުތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެލައްވާ ބޭފުޅެކެވެ. ސަޢޫދީ އަރަބިޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާ އިން އިސްލާމިކް ލޯ ކިޔަވައިވިދާޅުވެގެން ހުންނެވި ޝެއިހް ނަސީމް މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިސްލާމިކް ކޮލެޖް އޮފް އޮސްޓްރޭލިއާގައެވެ. މީގެ އިތުރުން ޝެއިހް ނަސީމަކީ އެތައް ތަޢުލީމީ އަދި އެހެނިހެން ޖަމިއްޔާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޝެއިހް ރާއްޖެއަށް ކުރައްވާ ދަރުތުފުޅުގައި ޒުވާނުންނާ ކުޑަކުދިންނަށް އަމާޒުކުރެވިގެން ވަރަށް ޚާއްޞަ ތަފާތު ހަރަކާތްތަކެއް ރޭވުމަށް ޕީސް ފައުންޑޭޝަނުން އަންނަނީ ތައްޔާރުވަމުން ކަމަށާއި މީގެ އިރުތުން، ޕީސް ފައުންޑޭޝަނުން ދަނީ ސިލްސިލާކޮށް ބާއްވާ "ދަ ލެގަސީ" އިންވެޓް ގެ ޕަބްލިކް ޓޯކް އެއް ޑިސެމްބަރު 28 ގައި ބޭއްވުމަށް ތައްޔާރު ވަމުން ކަމުގައި އެ ފައުންޑޭޝަނުން ހާމަކުރެ އެވެ. އަދި މި އިވެންޓްގައި ތަޤްރީރު ކުރެއްވުމަށް މެލޭޝިޔާއަށް އުފަން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔެއް ކަމަށްވާ އައްޝައިހް ޙުސައިން ޔީ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައި ކަމުގައިވެސް އެ ފައުންޑޭޝަނުން ހާމަކުރެ އެވެ.

ޕީސް ފައުންޑޭޝަން އަކީ 2010 އަހަރުން ފެށިގެން ދީނީ-އިޖުތިމާއީ ޙަރަކާތްތައް ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޕީސް ފައުންޑެޝަން ގެ މައިގަނޑު މަޤްޞަދަކީ ތަޢުލީމާއި ތަމްރީނުގެ ތެރެއިން ހެޔޮލަފާ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. މިގޮތުން މި ހިނގާ 2017 ވަނަ އަހަރުވެސް ވަރަށްތަފާތު ޙަރަކާތްތަކެއް ހިންގާފައި ވެއެެވެ. އެގޮތުން "ނަމޫނާ" ގެ ނަމުގައި ހިންގާ ފަންނީ ތަމްރީން ޕްރޮގްރާމާއި "ދަ ލެގަސީ" އަދި "ޕެބްލްސް ފެމެލީ ހަވީރު" ފާހަކަ ކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް