އައު ގިނަ ކާސްޓުން ތަކަކާއެކު "ގޮށްރާޅު"ގެ ޝޫޓިން ފަށައިފި

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އައު ފިލްމު "ގޮށްރާޅު"ގެ ޝޫޓިން ފަށައިފި އެވެ. މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާއަށް ގިނަ ކާސްޓުންތަކެއް އަލަށް ތައާރަފް ކުރާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓު ކުރަނީ ...

22 Nov 2017 | 03:03

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އައު ފިލްމު "ގޮށްރާޅު"ގެ ޝޫޓިން ފަށައިފި އެވެ. މި ފިލްމަކީ ދިވެހި ފިލްމީ ދާއިރާއަށް ގިނަ ކާސްޓުންތަކެއް އަލަށް ތައާރަފް ކުރާ ފިލްމެކެވެ.

މި ފިލްމުގެ ޑައިރެކްޓު ކުރަނީ އަހުމަދު ޝިނާން އެވެ. މިއީ ޝިނާން ޑައިރެކްޓް ކުރާ ދެވަނަ ފިލްމު ކަމުގައިވާއިރު ޝިނާން އަކީ ނަހުލާގެ ބިރުވެރިފިލްމު 4426 ގެ ޑައިރެކްޓަރެވެ. "ގޮށްރާޅު" މި ފިލްމަކީ މޫމިން ފުއާދުގެ ސްކްރިޕްޓަކަށް ހަދާ ކްރައިމް ތްރިލާ އެކެވެ.

މި ފިލްމާއިބެހޭ މާ ގިނަ މައުލޫމާތުތަކެއް އަދި އާންމުކޮށްފައިނުވިނަމަވެސް ފިލްމުގައި ލީޑް ރޯލުން ޖުމައްޔިލު ނިމާލް ފެނިގެންދާނެ އެވެ. އަލަށް ތައާރަފްކުރާ ކާސްޓުންގެ ތެރޭގައި މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއްގެ ލަވަކިޔުންތެރިޔާ ހަސަން އިރުފާން (ޒަކިއްޓެ) އަދި އަލަށް ތައާރަފްކުރާ ބަތޮލާ އައިޝަތު ތަސްނީމާ ހިމެނެ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން އަންނަ އަހަރަށް ދެ ފިލްމެއް ތާވަލް ކޮށްފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް