ރޮހިންގާ މުސްލިމުން އަލުން ގައުމަށް ގެނައުމަށް ދާދި އަވަހަށް އެއްބަސް ވެވިދާނެ: ސޫޗީ

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމުން އަނބުރާ މިޔަންމާއަށް ގެނައުމާއި ބެހޭގޮތުން ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދުކުރާކަމަށް އެގައުމ...

22 Nov 2017 | 01:42

މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ ރޮހިންގާ ދަރިފަސްކޮޅުގެ މުސްލިމުން އަނބުރާ މިޔަންމާއަށް ގެނައުމާއި ބެހޭގޮތުން ދާދި އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް އުންމީދުކުރާކަމަށް އެގައުމުގެ ލީޑަރު އަންގް ސަން ސޫޗީ ބުނެފިއެވެ.

ސޫޗީ ބުނެފައިވަނީ އަވަށްޓެރި ގައުމުތަކާއި ގުޅިގެން، ހިޖުރަކޮށްފައިވާ މީހުން ރައްކާތެރިކަމާއެކު އެނބުރި މިޔަންމާއަށް ގެނައުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށެވެ. އަދި މީގެ އިތުރުން އެންމެ ރެއެއްގެ މަތިން އެއްވެސް ކަމެއްް ހާސިލްނުވާނެކަމަށާއި އެއްހަމައެއްގައި ކާމިޔާބީއާއި ދިމާއަށް މަސައްކަތްކުރެވޭނެކަމަށް ގަބޫލުކުރާކަމަށްވެސް ސޫޗީ ވަނީ ބުނެފައެވެ.

މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުންފެށިގެން މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ހިޖުރަކުރި ރޮހިންގާ ދަރިފަސްކޮޅުގެ މީހުންގެ އަދަދު މިހާރުވަނީ ހަ ލައްކައަށްވުރެ މައްޗަށް އަރާފައެވެ. މިޔަންމާގެ އަޝްކަރިއްޔާއިން ރޮހިންގާ ދަރިފަސްކޮޅާއި ދެކޮޅަށް ހިންގަމުން ދާ އުދުވާނާއި ގުޅޭގޮތުން ގިނަ ޖަމާއަތްތަކާއި ގައުމުތަކުން ބުނެފައިވަނީ އެއީ ނަސްލެއް ނައްތާލުމަށް ކުރަމުންދާ މަސައްކަތެއްކަމަށާއި އެއީ ލާއިންސާނީ އަމަލުތަކެއްކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް