ނައިޖީރިޔާގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 50 މީހަކު މަރާލައިފި

ނައިޖީރިޔާގެ އަޑަމަވާ ސްޓޭޓްގެ މުބީ އަވަށުގެ މިސްކިތެއްގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 50 އަށް ވުރެ ގިން މީހުން މަރުވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ އިއްޔެ ފަތިސްނަމާދުކުރަން މީހުން މ...

22 Nov 2017 | 01:24

ނައިޖީރިޔާގެ އަޑަމަވާ ސްޓޭޓްގެ މުބީ އަވަށުގެ މިސްކިތެއްގައި ޖާނުންފިދާވެގެން ދިން ބޮމުގެ ހަމަލާއެއްގައި 50 އަށް ވުރެ ގިން މީހުން މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ އިއްޔެ ފަތިސްނަމާދުކުރަން މީހުން މިސްކިތަށް އެއްވެފައިވަނިކޮށެވެ. ފުލުހުން ބުނެފައިވާގޮތުގައި މި ހަމަލާގައި ޒަހަމްވި މިހުން ގެންގޮސްފައިވަނީ އެކި ހޮސްޕިޓަލްތަކަށް ކަމުގައިވުމުން ޒަހަމްވި މީހުންގެ އަދަދު ކަށަވަރެއް ނޫނެވެ.

ރިޕޯޓުތައްް ބުނާގޮތުގައި މި ހަމަލާ ދީފައިވަނީ ފުރާވަރުގެ ކުއްޖެކެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ. އެހެންނަމަވެސް ގިނަބަޔަކު މި ހަމަލާގެ ޒިންމާ އަޅުވަމުން ދަނީ ބޯކޯ ހަރާމުގެ ބޮލުގަ އެވެ.  ބޯކޯ ހަރާމުންވަނީ މީގެ ކުރިންވެސް މިސްކިތްތަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތައް ދީފައެވެ.

މި ހަމަލާއައަކީ ފާއިތުވެ ދިޔަ އަހަރުތަކުގައި ނައިޖީރިޔާގައި ދިން މިފަދަ އެންމެ ނުރައްކާތެރި ހަމަލާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް