ގެއްލިގެން ހޯދާ އެއްވެސް އެއްގަމު އުޅަނދެއް ކަނޑިތީމުގައި ދުއްވާތޯ ބަލައިފި

ގެއްލިގެން ހޯދުމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އެއްވެސް އެއްގަމުގައި ދުއްވާ އުޅަދެއް ކަނޑިތީމުގައި ދުއްވަމުން ގެންދޭތޯ ބެލުމަށް ކަނޑިތީމު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގައި ހާއްސަ އޮޕަރޭޝަ...

22 Nov 2015 | 10:15

ގެއްލިގެން ހޯދުމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ އެއްވެސް އެއްގަމުގައި ދުއްވާ އުޅަދެއް ކަނޑިތީމުގައި ދުއްވަމުން ގެންދޭތޯ ބެލުމަށް ކަނޑިތީމު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގެ މަގުސަދަކީ ކަނޑިތީމުގައި ދުއްވާ އެއްގަމު އުޅަދުފަހަރަކީ މަގުމަތީގެ ދުއްވުމަށް ރައްކާތެރި ވެހިކަލުތަކެއްތޯ ބެލުމަށާއި ކަނޑިތީމުގައި ދުއްވާ އެއްގަމު އުޅަދުފަހަރަކީ އެއްކަމުގައި ދުއްވާ އުޅަދުފަހރުގެ ގާނޫނާއި ގަވާއިދުގެ ތެރޭއިން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް ފުރިހަމަކޮށްގެން މަގުމަތީގައި ދުއްވާ އުޅަދުފަހަރުތޯ ބަލައި ޔަގީކުރުން ކަމަށެވެ. މީގެ އިތުރުން އެއްވެސް ފަރާތަކުން ގެއްލިގެން ހޯދާ އުޅަނދެއް ކަނޑީތީމުގައި ދުއްވާތޯ ބެލުންވެސް މި އޮޕަރޭޝަން ކުރިޔަށް ގެންދިއުމުގެ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.

"އޮކްޓޯބަރ 29 ވަނަދުވަހުން ފެށިގެން ނޮވެމްބަރ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި، ގެއްލިގެން ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާ އެއްވެސް މައްސަލައަކާއި ގުޅޭ އެއްގަމު އުޅަދެއް ކަނޑިތީމުގައި ދުއްވަމުން ދޭތޯ ބެލުމަށް ވެހިކަލުތަކުގެ އިންޖީނު ނަމްބަރާއި، ޗެސިސް ނަމްބަރ އުޅަދުގެ ރަޖިސްޓްރާއާއި ދިމާވޭތޯ ބެލިފައިވޭ، މި އޮޕަރޭޝަންގައި ކަނޑިތީމުގައި މިހާރު ދުއްވަމުންގެންދާ 113 ގެ އުޅަނދުގެ ތެރެއިން 110 ސައިކަލާއި ، 03 ޕިކަޕާއި، 01 ވޭން ޗެކުކުރެވިފައިވޭ، މީގެ އިތުރުންވެސް އެއްގަމުގު އުޅަދުތަކުގެ އަހަރީފީ، އިންސުރެންސް، ރޯޑުވާދިނަސް ހަމަވެފައިވާ ފަރާތްތަކަށް އެކަން ރަގަޅު ކުރުމަށް  ނަސޭހަތްތެރިވިފައިވޭ" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ އެއްގަމުގައި ދުއްވާ އުޅަދުފަހަރު ހުންނަ ގޭގެއަށް ޒިޔާރަތްކޮށްގެން ނާއި މަގުމަތިން ހުއްޓުވާ ވެހިކަލްތައް ޗެކްކުރުމަށް ފުލުހުން ކުރި މަސައްކަތަކަށް ވެހިކަލްތަކުގެ ވެރިފަރާތަކާއި ކަނޑިތީމު ރައްޔިތުންގެ ފަރާތުން، ކަނޑިތީމުގައި މަސައްކަތްކުރާ ފުލުހުންނަށް ދެއްވި އެބާރުލުން ށ.ކަނޑިތީމު ޕޮލިސް ސްޓޭޝަންގެ ފަރާތުން ޝުކުރުވެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް