ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް އިލެކްޝަންސް ކޮމިޝަނުން ފަށައިފި އެވެ.
އެ ކޮމިޝަނުން ބުނީ އެގޮތުން މި ޕްރޮގްރާމް ރ މީދޫ އަދި މަޑުއްވަރީގައި ކުރިއަށް ގެންދިއުމަށް އެ ކޮމިޝަންގެ ޓީމެއް ހުކުރު ދުވަހު ފުރާފައި ވާކަމަށެވެ.
"ފެށިގެން ކުރިއަށްދާ މި ޕްރޮގްރާމްގެ މަގްސަދަކީ ޑިމޮކްރަސީ އާއި އިންތިޚާބުތަކާއި ގުޅޭ ގޮތުން އާންމު ރައްޔިތުންނާއި، ސްކޫލުތަކުގެ މަތީ އުމުރުފުރާތަކުގެ ދަރިވަރުން އަދި މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުވުން، އެގޮތރުން ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ރާްއޖޭގެ ހުރިހާ ރަށެއްގައި ޑިމޮކްރަސީ އާއި އިންތިޚާބުތަކާ ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ހިންގުމަށް މިދަނީ މަސައްކަތް ކުރަމުން" އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.
އެ ކޮމިޝަނުން ބުނީ ރ އަތޮޅަށް ކުރާ މި ދަތުރުގައި އިސް ވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަލީ ކަމަށާއި މި ދަތުރުގައި ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސެޝަންތައް ނަގައިދިނުމުގައި ހަރަކާތްތެރިވާނީ ސީނިއާ އެޑްމިން އޮފިޝަރު ޝަހުލާ އިސްމާއިލް އާއި ސީނިއާ އެޑްމިން އޮފިޝަރު އައިމިނަތު ޝަމްރާ އަދި އެޑްމިން އޮފިޝަރު އައިޝަތު ޔުމްނާ ރަޝީދު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް