ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ އިސްތިއުނާގު ޝަރިއަތުގެ އަޑުއެހުމަށް އަންނަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފި އެވެ.
އަޑުއެހުމެށް ބުރާސްފަތި ދުވަހަށް ތާވަލް ކޮށްފައިވާއިރު ނާޒިމްގެ އިސްތިއުނާފް އަޑުއެހުމެއް ތާވަލް ކޮށްފައިމިވަނީ ގިނަ ދުވަސްތަކަށްފަހު ކަން ފާހަގަ ކުރެވެ އެވެ. މީގެ އެންމެ ފަހުން ނާޒިމްގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ނާޒިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ އޭނާ ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު ކަމަށް ކޯޓުގައި ފުލުހުން ހެކިބަސް ދިނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް