ޕީޖީގެ ކަމަށް ބިޝާމް އައްޔަން ކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފި

ހުސްވެފައިވާ ޕީޖީގެ ކަމަށް ކުރިމަތިލައްވާފައިވާ އައިޝަތު ބިޝާމް ޕީޖީ ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ފާސްކޮށްފި އެވެ. ޕީޖީ ކަމަށް އައްޔަން ކ...

22 Nov 2015 | 08:17

ހުސްވެފައިވާ ޕީޖީގެ ކަމަށް ކުރިމަތިލައްވާފައިވާ އައިޝަތު ބިޝާމް ޕީޖީ ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ފާސްކޮށްފި އެވެ.

ޕީޖީ ކަމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފައިވާއިރު ރުހުން ދިނުމާއިމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ހެނދުނު އެވެ.

ބިޝާމަށް ރުހުން ދިނުމަށް ކޮމިޓީއަށް ފޮނުވީ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހުގަ އެވެ.

ޕީޖީގެ މަގާމުގައި ކުރިން ހުންނެވި މުހުތާޒު މުހުސިންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މަގާމުން ދުރުކުރުމަށްފަހު އެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މި ފުރުސަތު ހުޅުވާލުމުން މި މަގާމަށް ކުރިމަތިލާފައިވަނީ ބިޝާމް އެކަނި ކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ. ބިޝާމް މިހާރު އަދާކުރަމުން އަންނަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ގެ މަގާމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް