ފޭސްބުކް އެކައުންޓް ބްލޮކް ކުރުމުން "** ޑެޓް ބިޗް" އޭނާގެ ޕާސްޕޯޓް ކޮޕީ ފޭސްބުކަށް ފޮނުވައިފި

** ޑެޓް ބިޗް ނަން ކިޔާ އޮސްޓްރޭލިއާ ރައްޔިތެއްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމުން އޭނާގެ އަސްލު ނަމަކީ ** ޑެޓް ބިޗް ކަން ހާމަކުރުމަށް އޭނާގެ ޕާސްޕޯޓް ކޮޕީ ފޭސްބުކަށް ފޮނުވައިފި އެވެ. އުމުރުން 23 އަ...

22 Nov 2015 | 04:02

** ޑެޓް ބިޗް ނަން ކިޔާ އޮސްޓްރޭލިއާ ރައްޔިތެއްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމުން އޭނާގެ އަސްލު ނަމަކީ ** ޑެޓް ބިޗް ކަން ހާމަކުރުމަށް އޭނާގެ ޕާސްޕޯޓް ކޮޕީ ފޭސްބުކަށް ފޮނުވައިފި އެވެ.

އުމުރުން 23 އަހަރުގެ އެ ޒުވަނާ ބުނެފައިވަނީ އޭނާގެ އަސްލު ނަން އިނގިރޭސިން ލިޔާއިރު "phuc dat bich" ލިޔުނު ނަމަވެސް އޮސްޓްރޭލިޔާގައި އޭނާ އުޅޭ އަވަށުގައި އޭނާގެ ނަން ކިޔާ އުޅެނީ "ފޫ ޑަ ބީޗް" ކަމަށެވެ.

ފޭސްބުކަށް ޕާސްޕޯޓް ކޮޕީ ފޮނުވުމުން ** ޑެޓް ބިޗަށް އޭނާގެ ފޭސްބުކް އެކައުންޓް ލިބިފައިވާއިރު މި ވާހަކަ ބައިނަލްއަގްވާމީ ނޫސްތަކުގައި ޖެހުމާއެކު ** ޑެޓް ބިޗަށް ފޭސްބުކްގައި ވަނީ 30 ހާހަށްވުރެ ގިނަ ފޮލޯވާސް ލިބިފަ އެވެ.

** ޑެޓް ބިޗްގެ ފޭސްބުކް އެކައުންތް ބްލޮކް ކޮށްފައިވާއިރު ނިމިދިޔަ ހަފްތާގައި ފޭސްބުކުން ވަނީ އައިއެސްއައިއެސް އަންޗަލީ ކިޔާ މީހެއްގެ ފޭސްބުކް އެކައުންޓްވެސް ބްލޮކް ކޮށްފަ އެވެ. އަންޗަލީއަށްވެސް އޭނާގެ ފޭސްބުކް އެކައުންޓް އަނބުރާ ލިބުނީ ޕާސްޕޯޓް ކޮޕީއެއް ފޮނުވުމުންނެވެ.

ފޭސްބުކުން އަމަލު ކުރަމުން އަންނަ އާންމު އުސޫލަށް ބަލާއިރު ޕްރޮފައިލް ނަމުގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ނަތްތަކާއި ގޯސް ބަސްތަށް ބޭނުންކުރާ ނަންތައް ފޭސްބުކުން ބްލޮކް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް