އައިއެސް ޖަމާއަތާއި ދެކޮޅަށް ކުރެވެން އޮތް ކަމެއް ކޮށް އައިއެސް ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަން މެލޭޝިޔާ އިން ހާމަކޮށްފި އެވެ.
ސައުތު އީސްޓް ލީޑާސް ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު މެލޭޝިޔާގެ ރައީސް ނަޖީބު ރައްޒާކް ވިދާޅުވީ ލީޑާޝިޕްގެ ބައްދަލުވުން ކުރިއަށްދާއިރު އައިއެސް ޖަމިއްޔާއިން ހިންގަމުން އަންނަ އުދުވާނު ތަކުގެ ސަބަބުން އެ ކޮންފަރެންސަށްވެސް ކަޅު ހިޔަންޏެއް އެޅިފައި ވާކަމަށެވެ.
"އެމީހުންނަކީ ވަކި ދީނެއް، ވަކި ނަސްލެއް ރަމްޒު ކުރާ ބައެއް ނޫން، އެ ޓެރަރިސްޓުންނާއި މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅަންޖެހޭ" ނަޖީބު ރައްޒާކް ވިދާޅުވި އެވެ. މީގެ އިތުރުން ނަޖީބް ވިދާޅުވީ ހަމައެކަނި ހަމަލާތަކެއް ދީގެން އައިއެސް ބަލި ނުކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް