ޔަހޫދީ އިޒްރޭލުގެ ދެކުނުގައި އޮންނަ އަވަށެއް ކަމުގައިވާ ކިރްޔާތު ގާތު ގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކަށް ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިފި އެވެ.
އިޒްރޭލުގެ ތަރުޖަމާނު މިކީ ރޮޒެންފެލްޑް ބުނެފައިވަނީ އެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ ހަމަލާ ދިން މީހުން ހޯދުމުގެ މަސައްކަތް އިޒްރޭލު ސިފައިން ކުރަމުން އަންނަ ކަމަށެވެ.
އިޒްރޭލުގެ އެމަޖެންސީ މެޑިކަލް ސާވިސް އިން ބުނެފައިވަނީ ޒަހަމްވި ހަތަރު ސިފައިންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށާއި ދެމީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު ހަތަރުވަނަ މީހާ ޒަހަމްވެފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
މި ހަމަލާއަކީ ފަލަސްތީނުގެ ރައްޔިތުން ދިން ވަޅީގެ ހަމާލެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ފަހުން ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ގޯސްފެފައިވާއިރު ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 86 ރައްޔިތަކު ޝަހީދު ވެފައި ވެ އެވެ. އިޒްރޭލު ޔަހޫދީންގެ 15 މީހަކު މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް