ފަތުރުވެރީންގެ މެދުގައި އެންމެ މަގްބޫލު އެއް މަންޒިލަކީ ރާއްޖެ ކަމާއި މެދު ޝައްކެއް ނެތެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ރީތި ހުދު ދޮންވެލި ތުނޑިތަކާއި މޫސުމާއި މޫދާއި ހިތްފަސޭހަ ކަމާއި ހިތްގައިމު ކަމެވެ.
ފަތުރުވެރިކަމުގެ ރޮނގުން ކުރިއަރާ ދިއުމަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް އަންނަނީ ވީ ވަރަކުން މަސައްކަތް ކުރަމުންނެވެ. އެގޮތުން ދުބާއީ އަކީ ފާހަގަ ކޮށްލެވޭ ގައުމެކެވެ. އަދި ދުބާއީން ރާއްޖޭގެ ރަށްތައް އަސްލަކަށް ބަލައިގެން ހިތެއްގެ ބައްޓަމަށް ރަށްތަކެއް ހަދާފައިވާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ.
ދުބާއީގެ ނުސްތަކުން ބުނާގޮތުން މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު ހިތުގެ ބައްޓަމަށް ހަދާ ކޮންމެ ރަށެއްގެ ކައިރީގައި އެތައް ބައިވަރު މޫދު ގެ ތަކެއް ނުވަތަ ކޮޓަރިތަކެއް ހަދާނެ ކަމަށް ވެ އެވެ. އަދި އޭގެން ގެއެއްގެ އަގަކީ އެއް މިލިޔަން ޑޮލަރު ކަމަށް ދުބާއީގެ ނޫސްތައް ބުނެ އެވެ.
ކޮންމެ ރަށެއްގެ 109 ކޮޓަރިއާއި 90 މޫދު ކޮތަރި ހިމެނޭ އިރު އެ ކޮޓަރިތަކަށް ކިޔާ ނަމަކީ "ސީހޯސެސް" އެވެ. މޫދު ކޮޓަރިތައް ގުޅާލާފައިވަނީ ފާލަމަކުންނެވެ. މޫދު ކޮޓަރިއެއްގެ ބަރުދަނުގައި 188 ޓަނު ހުންނައިރު ކޮންމެ ކޮޓަރިތަކުގެ ކައިރީގައި 270 ސްކޮޔާ ފޫޓްގެ މުރަކަ ބަގީޗާއެއް ތައްޔާރު ކޮށްފައި ވެ އެވެ.
ކޮންމެ ކޮޓަރިއެއްގައި ތިން ފަންގިފިލާ ހިމެނޭއިރު އެއް ފަންގިފިލާ ހުންނަނީ މޫދު އަޑިގަ އެވެ.
މި ކޮޓަރިތައް ހާއްސަ ކުރުމަށްޓަކައި ވަރަށް ތަފާތު ޓެކްނޮލޮޖީއެއްގެ ބޭނުން ކުރުމަށްވެސް ވަނީ ނިންމާފަ އެވެ. އެއީ ވާރެއާއި ސްނޯ ފައިބާ ޓެކްނޮލޮޖީއެކެވެ. އެއީ ޖަރުމަނު ކުންފުންޏަކުން އީޖާދު ކުރި ޓެކްނޮލޮޖީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް