މާރާމާރީ ހިންގި މައްސަލައިގާ ތުހުމަތު ކުރެވޭ މީހަކު އަލަމާރި ތެރޭގައި ފިލާހުއްޓާ ހައްޔަރުކޮށްފި

ރޭ އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލި މައްސަލާގައި ތުޙުމަތު ކުރެވޭ ޒުވާނަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 03:30 ހ...

22 Nov 2014 | 11:36

ރޭ އައްޑޫ ސިޓީ މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލި މައްސަލާގައި ތުޙުމަތު ކުރެވޭ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 03:30 ހާއިރު ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ ޒުވާނެއް ކަމަށާއި  އޭނާ ހައްޔަރު ކޮށްފައިވަނީ މަރަދޫގައި އޭނާ ދިރިއުޅޭގޭގައި އަލަމާރިއެއްގެ ތެރޭގައި ފިލާ ހުއްޓާ ކަމަށެވެ.

މަރަދޫގައި ތޫނު އެއްޗަކުން ހަމަލާދީ ރޭ ޒަޚަމް ކޮށްލާފައި ވަނީ 34 އަހަރުގެ ފިރިހެނަކަށެވެ.އޭނާ އަށް ލިބުނު ޒަޚަމް ތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ރޭ ވަނީ ފަރުވާ ދީފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 5 ފަހަރު ހުއްޓުވާ ސުވާލުކޮށް 11 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، 9 ފަހަރު ހައްޔަރު ކޮށްފައިވާ މީހެއް ކަމަށާއި މީގެ އިތުރުން އޭނާ އަކީ މަސްތުވާތަކެއްޗާއި މާރާމާރީއާއި ވައްކަމުގެ މައްސަލަތަކުގެ އިތުރުން ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދިން މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް