ބޯކޮޅު ވަތަށް ފަރުމާ ކޮށްފައިވާ ކާރެއް އުފައްދައިފި

ސަލިވަން ނަމަކަށް ކިޔާ މެކޭނިކެއް ބޯކޮޅު ވަތަށް ފަރުމާ ކޮށްފައިވާ ކާރެއް އުފައްދައިފިއެވެ. މި ކާރު އުފައްދާފައިވަނީ ފޯޑު 1991 ރޭންޖާ ޕިކަޕަކާއި 1995 އެފް-150 ޕިކަޕެއްގެ ބައިތައް ބޭނުން ކޮށްގެނެވެ. އަދ...

22 Nov 2014 | 11:13

ސަލިވަން ނަމަކަށް ކިޔާ މެކޭނިކެއް ބޯކޮޅު ވަތަށް ފަރުމާ ކޮށްފައިވާ ކާރެއް އުފައްދައިފިއެވެ.

މި ކާރު އުފައްދާފައިވަނީ ފޯޑު 1991 ރޭންޖާ ޕިކަޕަކާއި 1995 އެފް-150 ޕިކަޕެއްގެ ބައިތައް ބޭނުން ކޮށްގެނެވެ. އަދި މިކާރު ހެދުމަށް 6 މަސް ދުވަހުގެ މުއްދަތެއް ހޭދަ ކޮށްފައި ވާއިރު ސަލިވަން ވަނީ 6000 ޑޮލަރުވެސް މިކަމަށް ހަރަދު ކޮށްފައެވެ.

މި އުފެއްދުމާއި ގުޅޭގޮތުން ސަލިވަން ބުނެފައިވަނީ މިކަން ކުރުމުގެ ހިޔާލު ފުރަތަމަ ލިބުނީ ފުރޮޅާލާފައި އޮތް ޕިކަޕެއް ފެނުމުން ކަމަށެވެ. އަދި މި ކާރު އުފެއްދުމަށް ބޭނުން ކުރި ތަކެތި ގަންނަން ޖެހުނީ އެކި ސަރަހައްދު ތަކުން ކަމަށް ސަލިވަން ބުންޏެވެ. އެއަށްފަހު ބޮލުތެރޭގައި ހިޔާލު އޮތްގޮތަށް އެކި ބައިތައް ރާވަމުން ގެންދިޔައީ ކަމަށްވެސް ބުންޏެވެ.

ސަލިވަންގެ މި އާދަޔާ ހިލާފު އުފެއްދުމަށް ވަރަށް ގިނަ ބައެއްގެ ޝައުގު ވެރިކަން ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް