ބަނގުރާ ހަންތަކަކާއި އެކު ބިދޭސީއަކު ހައްޔަރުކޮށްފި

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ ހަންތަކަކާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އ...

22 Nov 2014 | 10:50

ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ގިނަ އަދަދެއްގެ ހަންތަކަކާއެކު މާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ 23 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިންޓަލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހ. އެތެރެހިޔާ އިން ކަމަށެވެ.

މި އޮޕަރޭޝަންގައި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ލީޓަރުގެ 10 ހަމާއި  500 މިލިލީޓަރުގެ 21 ފުޅީގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް އާލާތްތައް ހޯދާފައިވެއެވެ. .

.މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް