ދެކުނު ކޮރެއާއާއި ތައިލެންޑްގެ ޑިފެންސް މިނިސްޓަރުންނާއި ނާޒިމް ބައްދަލު ކުރައްވައިފި

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތައިލެންޑްގެ ޑިފެންސް ފޯސްގެ ޑެޕިއުޓީ ސްޕްރީމް ކޮމާންޑާ ޖެނެރަލް ވޮރަޕޮންގ ސަންގަނެޓްރާ އާއި ކޮރެއާގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕޮލިސީ ޔޫ ޖެއި ސިއުންގްއާއި ބައްދަލު ...

22 Nov 2014 | 09:54

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ތައިލެންޑްގެ ޑިފެންސް ފޯސްގެ ޑެޕިއުޓީ ސްޕްރީމް ކޮމާންޑާ ޖެނެރަލް ވޮރަޕޮންގ ސަންގަނެޓްރާ އާއި ކޮރެއާގެ ޑެޕިއުޓީ މިނިސްޓަރު ފޯ ޕޮލިސީ ޔޫ ޖެއި ސިއުންގްއާއި ބައްދަލު ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަކިވަކިން ބޭއްވި މި ދެ ބައްދަލުކުރެއްވުމުގައި  މަސްވަރާ ކުރައްވާފައިވަނީ ދެގައުމުގެ މެދުގައި އުފެދިފައިވާ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުންނެވެ. ހާއްސަ ގޮތެއްގައި ދިފާއީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރުމާއި ބެހޭގޮތުން އެބައްދަލު ކުރެއްވުންތަކުގައި މަޝްވަރާ ކުރައްވާފައިވެ އެވެ.

ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ، ޗައިނާ އެސޯސިއޭޝަން ފޮރ މިލިޓަރީ ސައިންސް އިން އިންތިޒާމް ކޮށްގެން ބެއިޖިންގ ގައި މިމަހު 20 ން 21 އަށް ބޭއްވި ފަސް ވަނަ ''ޒިއަންޝަން ފޯރަމް 2014" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް