ވައިގެ މަގުން މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރު ކޮށްފި

ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި މޯލްޑިވްސް ޕޮލިސް ސާރ...

22 Nov 2014 | 08:37

ވައިގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްއާއި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޑްރަގް އޮޕަރޭޝަން ޔުނިޓް ގުޅިގެން ހިންގި  އޕަރޭޝަނެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ. އަދި މިތަކެތި  ފެނިފައިވަނީ އޭނާގެ ހަށިގަނޑާއި ތަކެތި  ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ.

މިމީހާ ހައްޔަރު ކޮށްފައިވަނީ ރޭ އިރާކޮޅު ސްރީލަންކާއިން ދިވެހިރާއްޖެއަށް އައި ފްލައިޓެއް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއަރޕޯޓް އަށް ޖެއްސި  ވަގުތުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް