ތަންތަނުގައި ހުޅުޖަހާ ފިހާރައެއް ލޫޓުވަން ގޮވާލި އެމްޑީޕީގެ އެކްޓިވިސްޓު ޑެތު ހައްޔަރުކޮށްފި

22 Oct 2026 | 15:26
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި ރެޑްވޭވް ފިހާރަތައް ލޫޓުވުމަށް ގޮވާލި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާން (ޑެތު) ހައްޔަރުކޮށްފިއެވެ.

އޭނާ އެފަދަ ޕޯސްޓެއް ކުރީ ސޯޝަލް މީޑިއާ ނެޓް ވޯކް އެކްސްގައި އެވެ. ޑެތުގެ އެ ޕޯސްޓަކީ 100 އަހަރަށް ބިންތައް ކުއްޔަށް ދިނުމާއި ގުޅޭ ޕޯސްޓެއް ކަމަށްވެ އެވެ.

އެ ޕޯސްޓު އޭނާ ވަނީ ފަހުން ޑިލީޓް ކޮށްލާފައި އެވެ.

ފުލުހުން ބުނީ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި، އުމުރުން 25 އަހަރުގެ ހ. ބާރަށް، ކުއްޅަވައްގެ އަލީ ޖުމާން 25 އަހަރު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.


ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް