ކ. އަތޮޅުން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައި، ބޯކޮށް ވާރޭވެހި ވައި ގަދަވާނެ

22 Oct 2026 | 14:30
މާލެއަށް ބޯކޮށް ވާރޭ ވެހެނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މާލެއަށް ބޯކޮށް ވާރޭ ވެހެނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މެދު ރާއްޖެ ތެރޭގެ ރައްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓު ނެރެފައިވަނީ ހަވީރު 5:45 ން މިރޭ 9:30 އާއި ހަމައަށެވެ.

އެ އިދާރާއިން ލަފާ ކުރާގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ އެވެ.

މިއަދު މޫސުން ގޯސްވެ މި ސަރަހައްދަށް ބޯކޮށް ވާރޭވެހެން ފެށީ މިއަދު މެންދުރު ފަހު އެވެ.

މެޓުން އިއްޔެ ބުނީ މިހާރު ކުރަމުންދާ ވިއްސާރަ ތިން ދުވަހަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް