ރައީސް މުއިއްޒުއާ ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް އާސިމް ބައްދަލު ކުރައްވައިފި

22 Oct 2026 | 08:39
ރައީސް މުއިއްޒުއާ ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސަސް އާސިމް ބައްދަލު ކުރައްވައިފި

ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް، ފީލްޑް މާރޝަލް ސައްޔިދު ޢާޞިމް މުނީރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިޔަށް ދިޔައީ ރައިސް ޑރ. މުއިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިސްލާމް އާބާދުގައި އެވެ. ރައީސް ރަސްމީ ދަތުރުފުޅުގައި އެ ގައުމަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.

ރޭ ޕާކިސްތާނުގެ ޗީފް އޮފް ޑިފެންސް ފޯސްއާ އެކު ބޭއްވެވި ބައްދަލުވުމުގައި މި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން ދަމަހައްޓަވާނެކަމުގެ ޔަގީންކަންދެއްވާފައެވެ.

ރައީސްގެ ދަތުރުފުޅުގައި އިއްޔެ ވަނީ ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދިފާއީ ގުޅުން ވަރުގަދަ ކުރުމާއި ބެހޭ އެއްވެސް ވުމެއް ހިމެނެ އެވެ.

ރައީސް މިހާރު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލާނީ މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް