ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފައިސަލް މިސްކިތާއި މުހިންމު ބިނާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ މެޑަމް ސާޖިދާ މުހައްމަދު ޒިޔާރަތް ކުރައްވައިފި އެވެ.
ފައިސަލް މިސްކިތަކީ ޕާކިސްތާނުގެ ގައިމީ މިސްކިތެކެވެ. އެ މިސްކިތަށް ވަޑައިގެން ރައީސްގެ ދެ ކަނބަލުން ވަނީ މެހެމާނުން ލިޔުންވާ ފޮތުގައި ލިޔުއްވާފައި އެވެ.
ފައިސަލް މިސްކިތަކީ އިސްލާމީ ތާރީހު ދައްކުވައިދޭ، ތަފާތު ޚާއްޞަ ފަރުމާއަކަށް ދީނީގޮތުން އެންމެ މުހިންމުކަންދޭ ޕާކިސްތާނުގެ ފާހަގަކޮށްލެވޭ މުހިންމު ބިނާއެކެވެ.
މީގެ އިތުރުން މިއަދު ރައީސްގެ ދެ ކަނބަލުން ވަނީ ޕާކިސްތާނުގެ އެއްބައިވަންތަކާއި ތާރީހު އަދި ތަރިކައިގެ މޮނިއުމެންޓް ކަމަށްވާ އިސްލާމްއާބާދު މޮނިއުމެންޓަށް ޒިޔަރަތް ކުރައްވާފައި އެވެ. އެ ޒިޔާރަތުގައި މޮނިއުމެންޓާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ރައީސްގެ ދެ ކަނބަލުންނަށް އޮފިޝަލުން އެރުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް