ރޭ މާލެއަށް ބޯކޮށް ވާރޭ ވެހެނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ
މިދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ގއ. ގެމަނަފުއްޓަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.
އެ އިދާރާގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ ގެމަނަފުއްޓަށް 101.8 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެއަށް 90.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ. މާލެއަށް ވެހިފައިވަނީ 90 މިލިމީޓަރުގެ ވާރޭ އެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގެމަނަފުއްޓަށް ލިބުނު ގެއްލުންތަކުގެ ތަފްސީލް އަދި ނޭނގެ އެވެ. ނަމަވެސް މާލެއަށް ރޭ ބޯކޮށް ވާރޭވެހި 87 ތަނަކުން ފެންވަދެގެން އެހީތެރިކަމަށް އެދުނެވެ.
މެޓުން ލަފާ ކުރާގޮތުގައި އިއްޔެއިން ފެށިގެން ގާތްގަނޑަކަށް ތިން ދުވަހަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެ އެވެ. މި ދވަސްތަކުގައ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރާއިރު ކަނޑުތައްވެސް ގަދަވާނެ ކަމަށް ބުނެ އެވެ.
ކަމާ ބެހޭ އިދާރާތަކުން ވަނީ މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް