އައްޑޫސިޓީގައި ދެމަފިރިއަކު ނިޔާވުން: ތުހުމަތު ކުރެވޭ ކަމެއް ފާހަގަނުވާކަމަށް ފުލުހުން ބުނޭ

އައްޑޫ ސިޓީ ގެއެއްގެ ތެރޭގައި ނިޔާވެފައި ތިބި ދެމަފިރިއަކު ފެނިފައިވާއިރު އެކަމުގައި ތުހުމަތު ކުރެވ ކަމެއް ފާހަގަނުވާކަމަށް ފުލުހުން ބުނެފިއެވެ. ފަހުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން ބުނެފައިވަނީ ނި...

22 Oct 2025 | 13:33
އައްޑޫ ސިޓީ / ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ / ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ ގެއެއްގެ ތެރޭގައި ނިޔާވެފައި ތިބި

ދެމަފިރިއަކު ފެނިފައިވާއިރު އެކަމުގައި ތުހުމަތު ކުރެވ ކަމެއް ފާހަގަނުވާކަމަށް

ފުލުހުން ބުނެފިއެވެ.

ފަހުގެ އަދާހަމަ ހިއްސާކުރަމުން ފުލުހުން

ބުނެފައިވަނީ ނިޔާވެފައިވަނީ ސ. ހިތަދޫ، ކްރޭނުގޭ، އުމުރުން 60 އަހަރުގެ

އިބްރާހިމް އަބްދުﷲ އާއި ސ. މަރަދޫ، ނާރެސް، އުމުރުން 52 އަހަރުގެ ފަރަހަނާޒް ރަޝީދު ކަމަށެވެ.

"މި މައްސަލައިގާ މިހާތަނަށް ބެލި ބެލުމުން

ތުހުމަތު ކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވޭ" ފުލުހުން ބުނެފައިވެއެވެ.

އައްޑޫ ސިޓީގައި ހިންގަމުން އަންނަ

އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވާގޮތުގައި ލިބިފައިވާ ގޮތުގައި އެ ދެމަފިރިން މަރުވެފައި

ތިއްބާ ފެނިފައިވަ ނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ.

އެ ދެމަފިރިން ފެނުނު ގެއަކީ މިހާރުވެސް މަސައްކަތް

ކުރަމުން އަންނަ ގެއެއް ކަމަށާއި އެ ގެއަށް ދެމަފިރިން ބަދަލުވީ ވަރަށް ފަހުން

ކަމަށްވެސް ބައެއް މަސްދަރުތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް