ތަފުސީލު އަންނަނީ ...
އައްޑޫ ސިޓީ ގެއެއްގެ ތެރޭގައި ފުރާނަ ނެތް
ދެމަފިރިއެއްގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ދެންމެ
ބުނެފައިވަނީ އައްޑޫ ސިޓީ، ހިތަދޫ ގެއެއްގައި ދެމީހަކު ނިޔާވެފައި އޮތް މައްސަލައެއް
ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނެއް"
ފުލުހުން ބުނެފައިވެއެވެ.
ގިނަ މަސްދަރުތަކަކުން ރިޕޯޓްކޮށްފައިވާގޮތުގައި އެ
ދެމީހުންނަކީ ދެމަފިރިންނެވެ. އަދި އެ ދެމަފިރިންގެ ފުރާނަ ނެތް ހަށިގަނޑު ފެނުނު
ގެއަކީ އަލަށް ހަދަމުންދިޔަ ގެއެއް ކަމަށާއި ނަމަވެސް އެ ދެމަފިރިން
ދިރިއުޅެމުންދިޔައީ އެ ގޭގައި ކަމަށްވެސް ބައެއް މަސްދަރުތަކުގައި
ރިޕޯޓްކޮށްފައިވެއެވެ.
ތަފުސީލު އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް