ސިނގިރޭޓު ހެއިސްޓް: ތުހުމަތު ކުރަނީ ވައްކަން ކާމިޔާބު ކުރުމުގައި ޙަސަން ޢަބްދުއްރަޙްމާންގެ އެހީތެރިކަން ލިބުނު ކަމަށް

އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގުމުގެ ތިންވަނަ މީހާ ކަމުގައިވާ ޙަސަން ޢަބްދުއްރަޙްމާންގެ އެހީތެރިކަން އެ ވައްކަން ކާމިޔާބު ކުރުމުގައި ލިބިފައިވާކަމުގައި ބެލެވޭ ކަމ...

22 Oct 2025 | 11:52
މައްސަލައިގާ ހައްޔަރުކޮށްފައިވާ ޙަސަން ޢަބްދުއްރަޙްމާން -

މައްސަލައިގާ ހައްޔަރުކޮށްފައިވާ ޙަސަން ޢަބްދުއްރަޙްމާން -

އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު

ސިނގިރޭޓު ވަގަށްނެގުމުގެ ތިންވަނަ މީހާ ކަމުގައިވާ ޙަސަން ޢަބްދުއްރަޙްމާންގެ

އެހީތެރިކަން އެ ވައްކަން ކާމިޔާބު ކުރުމުގައި ލިބިފައިވާކަމުގައި ބެލެވޭ ކަމުގައި

ބުނެފިއެވެ.

މިހެން ބުނެފައިވަނީ އޭނާގެ ބަންދަށް މުއްދަތު

ޖަހާފައިވާ ބަންދު އަމުރުގައެވެ.

"ތުހުމަތު ކުރެވޭ އެކަށީގެންވާ މިންވަރުގެ

ހެކި ލިބިފައިވާކަމަށް ފެނެއެވެ. އެގޮތުން ސިނގިރޭޓު ހުރި 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ

ޢަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް މީނާގެ ފަރާތުން އެހީތެރިކަން

ލިބިފައިވާކަމަށް ފެނެއެވެ." ބަންދު އަމުރުގައި، ބަންދުގައި ބެހެއްޓުމަށް

އަމުރުކުރި ސަބަބުތަކުގައި ބުނެފައިވެއެވެ.

މިހާރު ހުޅުމާލެ އެޕޯލޯޓަވަރުގައި ދިރިއުޅޭ، ކ. ތުލުސްދޫ،

ލިންކް، އުމުރުން 52 އަހަރުގެ ޙަސަން ޢަބްދުއްރަޙްމާން ޝަރީޢަތް ނިމެންދެން ވަނީ

ބަންދުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް