އަރަބި ކަނޑުގައި ހުރި ކޮޅިގަނޑު ޑިޕްރެޝަނަކަށް ބަދަލުވެއްޖެ

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ޑިޕްރެޝަނަކަށް ބަދަލުވެއްޖެއެވެ. އިންޑިއާގައި ގާއިމުކޮށްފައިވާ ސަރަހައްދީ މޫސުމީ އިދާރާއިން ލަފާކޮށްފައިވާގޮތުގައި އެ ކޮޅިގަނޑު ދަތުރުކުރ...

22 Oct 2025 | 06:42
އަރަބި ކަނޑުގައި ހުރި ކޮޅިގަނޑު ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައި -

އަރަބި ކަނޑުގައި ހުރި ކޮޅިގަނޑު ވަނީ ޑިޕްރެޝަނަކަށް ބަދަލުވެފައި -

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް

ގަދަވެ ޑިޕްރެޝަނަކަށް ބަދަލުވެއްޖެއެވެ.

އިންޑިއާގައި ގާއިމުކޮށްފައިވާ ސަރަހައްދީ މޫސުމީ

އިދާރާއިން ލަފާކޮށްފައިވާގޮތުގައި އެ ކޮޅިގަނޑު ދަތުރުކުރަމުން އަންނަނީ ލަކްޝަދުވީޕާ

ދުރަށެވެ.

މި ކޮޅިގަނޑާއި ގުޅިގެން އަރަބި ކަނޑުގެ ދެކުނާއި

ލަކްޝަދްވީޕާއި ރާއްޖެ އަދި ކޮމޮރިން އޭރިއާ (ރާއްޖެ އަދި ލަންކާއާއި ދެމެދު)ގައި ބޯ

ވިލާތައް އުފެދިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ ކޮޅިގަނޑުގެ އިތުރުން ބަންގާޅު ކަނޑުގައިވެސް

ކޮޅިގަނޑެއް ވަނީ އުފެދިފައެވެ. ބަންގާޅު ކަނޑުން އިންޑިއާގެ ތަމިލްނާޑޫއާއި

އަންދްރަޕްރަދޭޝްގެ އައްސޭރިއާއި ދިމާއަށް މިސްރާބުހުރި އެ ކޮޅިގަނޑުވެސސް ކުރިއަށް

އޮތް 12 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޑިޕްރެޝަނަކަށް ބަދަލުވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

އަރަބިކަނޑާއި ބަންގާޅުކަނޑުގައި ކޮޅިގަނޑު އުފެދި

ބާރުގަދަވަމުން އަންނައިރު އެ ކޮޅިގަނޑުތަކުގެ ނުސީދާ އަސަރު ރާއްޖެއަށްވެސް

އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް