ޣައްޒާ މަސްރަޙް: ވަރަށް ހާލުން ގަންނަން ލިބޭ ތަކެތީގެ އަގުވެސް އިންތިހާ މަތީގައި – ފުށް ކިލޯއެއްގެ އަގު 70 ޑޮލަރަށް އުފުލުނު !

ޢައްޒާ މަސްރަހަށަށް ބަލައިލާއިރު ސުލްހައިގެ މަގުޗާޓުގެ ދަށުން ވެވުނު އެއްބަސްވުމާއެކު ސީދާ ހަމަލަތައް ދިނުން ހުއްޓައިލިތާ މިއަދަށް މި އިރުއަރަނީ 12 ވަނަ ދުވަހަށެވެ. އެހެނަސް އެ މަގުޗާޓުގެ ފުރަތަމަ މަރ...

22 Oct 2025 | 01:28
ޣައްޒާގެ އެހީ ދޫކުރާ ޕޮއިންޓެއްގައި އާންމުން - ފޮޓޯ: އަނަދޮލު ނިއުސް އޭޖެންސީ

ޣައްޒާގެ އެހީ ދޫކުރާ ޕޮއިންޓެއްގައި އާންމުން - ފޮޓޯ: އަނަދޮލު ނިއުސް އޭޖެންސީ

ޢައްޒާ މަސްރަހަށަށް ބަލައިލާއިރު ސުލްހައިގެ

މަގުޗާޓުގެ ދަށުން ވެވުނު އެއްބަސްވުމާއެކު ސީދާ ހަމަލަތައް ދިނުން ހުއްޓައިލިތާ

މިއަދަށް މި އިރުއަރަނީ 12 ވަނަ ދުވަހަށެވެ.

އެހެނަސް އެ މަގުޗާޓުގެ ފުރަތަމަ މަރުޙަލާ

ގާތްގަނޑަކަށް ނިމި ދެވަނަ މަރުޙަލާއަކާއި ހަމައަށް ދިއުމާމެދު ގޮންޖެހުންތަކެއް ކުރިމަތިވަމުން

އަންނަކަން މިދަނީ ފެންނަމުންނެވެ.

އެމެރިކާގެ ނައިބުރައީސް އިސްރާއީލުގައި

އެމެރިކާގެ ނައިބުރައީސް ޖޭޑީ ވޭންސް މިވަގުތު އެ

ހުރީ އިސްރާއީލުގައެވެ. މީގެ ހަތަރު ފަސް ގަޑިއިރެއްހާއިރު ކުރިން ބޭއްވި

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ބުނެފައިވަނީ ސުލްހައިގެ މަގުޗާޓު

ކުރިއަށްދަނީ ހީކުރިވަރަށްވުރެ ރަނގަޅަށް ކަމަށާއި ނަމަވެސް ގޮންޖެހުންތައް ބޮޑު

ކަމަށެވެ. އެހެންނަމަވެސް ކާމިޔާބުވާނެކަމުގެ އުންމީދުވެސް ބޮޑުކަމަށެވެ.

އޭނާ ފާހަގަކުރި ގޮތުގައި އިސްރާއީލުގެ އެންމެ ބޮޑު

އެއް ކަންބޮޑުވުމެއް އުޅެނީ އަސީރުންގެ ފުރާނަ ނެތް ހަށިތައް އިސްރާއީލާއި

ހަވާލުކުރުމުގެ މަރުޙަލާ އިސްރާއީލުން އެދޭހާ ބާރު ސްޕީޑެއްގައި ކުރިއަށްނުދިއުމެވެ.

އެ ހަށިތަކުން ބައެއް ހަށިތައް ގާކުނޑިތަކުގެ އަޑީގައި ހުރި އިރު އަދި ބައެއް

ހަށިތައް ވީ ނުވީތަން ސީދާ ނުވެސް އެނގޭއިރު އިސްރާއީލުންވެސް ކެތްތެރިކަން

ޚިޔާރުކުރަންވާނެކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ހަތިޔާރާއި ބާރު ހަމާސް އިން ދޫކޮށްލަފާނެކަމާއިމެދު އުފެދޭ ސުވާލު

އެމެރިކާ އިސްވެ އޮވެ އެކުލަވައިލި މަގުޗާޓުގެ އެންމެ

ބޮޑު އެއް ކަމަކަށް އޮތީ ހަމާސް ޖަމާއަތުން ހަތިޔާރު ބެހެއްޓުމާއި ޣައްޒާ ހިންގުމުގެ

ބާރު ދޫކޮށްލުމުގެ ވާހަކައެވެ. ނަމަވެސް އެ ކަމަށް ހަމާސް އިން އަދި އެއްވެސް އެއްޗެއް

ބުނެފައިނުވާއިރު ހަމަލަތައް ހުއްޓާލުމާއެކު ޣައްޒާގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމުގެ

މަސައްކަތް ޣައްޒާއިން ވަނީ ފަށާފައެވެ. އެގޮތުން އިންތިހާ އަގުބޮޑުކޮށް ތަކެތި

ވިއްކާ ތަންތަނާއިމެދު ފިޔަވަޅު އެޅުމާއި އެހީގެ ގާފިލާތައް ލޫޓުވުން ހުއްޓުމުގެ

މަސައްކަތް ހަމާސް އިން އަންނަނީ ކުރަމުންނެވެ.

އެމެރިކާގެ މަގުޗާޓުގައި އޮތީ ހަމާސް އިން ހަތިޔާރާއި

ބާރު ދޫކޮށްލުމުން ޣައްޒާގައި ސަރުކާރެއް ގާއިމުކުރެވެންދެން ބައިނަލްއަގުވާމީ

ސުލްހަ ބަލަހައްޓާ ފައުޖަކުން ޣައްޒާގެ ސުލްހަ ބެލެހެއްޓުމެވެ.

އެ ފައުޖުގައި ތުރުކީއާއި އިންޑޮނޭޝިޔާއިން

ބައިވެރިވާނެކަމުގެ ސިގްނަލެއް ލިބިފައިވާކަން އެމެރިކާއިން ފާހަގަކުރާއިރު އުރުދުން،

ޖަރުމަނުވިލާތް، އިނގިރޭސިވިލާތް އަދި ޑެންމާކުން އެ ފައުޖުގައި ބައިވެރިވާނެކަމަށް

ބެލެވޭކަމުގައި މުރާސިލުން ބުނެއެވެ.

ހުޅުވިފައިހުރި ބޭންކެއް ނެތް – އަތަކު ފައިސާއެއް ނެތް – ތަކެތީގެ އަގު އާސުމާނުގައި

ޣައްޒާގެ އެތެރޭގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު

އެއް ކަންބޮޑުވުމަކަށް އަދިވެސް އޮތީ ބޭނުންވާވަރާ ގާތަށް އިންސާނީ އެހީ ނުލިބުމެވެ.

އަދި ހަމަލަތައް ހުއްޓާލުމުން އާންމުން އާންމު ދިރިއުޅުމަށް ރުޖޫއަވާން ކުރާ

މަސައްކަތުގައި ދެން އަންނަ އެންމެ ބޮޑު އެއް ގޮންޖެހުމަކަށް އަންނަނީ ތަކެތީގެ

އަގު އިންތިހާ މަތީގައި ހުރުމެވެ.

ޚާއްޞަގޮތެއްގައި މީގެ ދެ ދުވަސްކުރިން ހަމާސް އިން

އިސްރާއީލުގެ ފައުޖަކަށް ހަމަލަދިންކަމަށްބުނެ އިސްރާއީލުން ދިން ހަމަލަތަކަކާއެކު

އަނެއްކާވެސް ތަކެތީގެ އަގު އިންތިހާ އުފުލިގެން ގޮސްފައިވާކަމަށް ބައިނަލްއަގުވާމީ

މީޑިއާތަކުން ފާހަގަކުރެއެވެ.

އެގޮތުން ހަމަލަތައް ހުއްޓާލުމާއެކު 12 ޑޮލަރަށް

ހުރި އިރު އިސްރާއީލުގެ އެ ހަމަލަޔާއެކު ފުށް ކިލޯއެއްގެ އަގު 70 ޑޮލަރަށް

އުފުލިގެން ދިޔައެވެ. އެހެންނަމަވެސް އިއްޔެ އެ އަގު ކިލޯއެއްގެ މަގުން ބަލާނަމަ

30 ޑޮލަރަށް ދަށްވިއެވެ.

ކޮންމެވެސް ވަރަކަށް ތަކެތި ގަންނަން ލިބޭނެ

މަގުވެސް މިހާރު މަޑުމަޑުން ފަހިވަމުން އަންނައިރު ދެން އޮތް ކަންބޮޑުވުމަކީ

އެއްވެސް ބޭންކެއް ހުޅުވިފައި ނެތުމެވެ.

އިއްޔެވެސް ދެއިރް-އަލް-ބަލާހްގައި އެތައް ބަޔަކު ބޭންކު

ހުޅުވަފާނެ ކަމަށް ކިޔޫއެއްގައި ތިބުމަށްފަހު އެނބުރި ދާންޖެހުނީ

މާޔޫސްކަންމަތީގައެވެ.

އެހީ ކޮންމެވެސް ވަރަކަށް އެބަ އެތެރެކުރެވޭ

ޣައްޒާއަށް އެތެރެކުރެވޭ އެހީގެ މިންވަރަށް

ބަލައިލާއިރު ފާއިތުވި 10 ދުވަހުގެ ތެރޭގައި ޣައްޒާއަށް އެތެރެކުރެވުނީ 530 ލޮރީގެ

އިންސާނީ އެހީއެވެ. ހަނގުރާމައިގެ ކުރިން ދުވާލަކު މަދުވެގެން 500 އާއި 600 އާއި

ދެމެދުގެ އަދަދަކަށް އެހީގެ ލޮރީ އެތެރެވަމުންދިޔަކަން ވޯލްޑް ފުޑް ޕްރޮގްރާމުން

ފާހަގަކުރެއެވެ.

އެ ޕްރޮގްރާމުން އިތުރަށް ފާހަގަކޮށްފައިވާގޮތުގައި

ޣައްޒާގައި ކުރިން އޮޕަރޭޓް ކުރަމުންދިޔަ އެހީދޭ 145 ޕޮއިންޓްގެ ތެރެއިން އަދި

އަލުން ޚިދުމަތް ދޭން ފެށުނީ 26 ޕޮއިންޓަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް