ރާއްޖެއަށް ފިޔާ ހިފައިގެން ދަތުރުކުރަމުންދިޔަ ބޯޓެއް ކަނޑުމަތިން އަޑިއަށް ހިނގައްޖެއެވެ.
އެސްޓީއޯގެ ފިޔާ ޝިޕްމެންޓެއް ހިފައިގެން އައި މި ބޯޓު އަޑިއަށް ގޮސްފައި ވަނީ އިއްޔެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ. ނަމަވެސް އެ ބޯޓަކީ އެސްޓީއޯގެ ބޯޓެއް ނޫނެވެ.
އޭގައި ހުރީ ކިހާ އަދަދެއްގެ ފިޔާ ކަމެއް އަދި ސާފެއް ނުވެއެވެ.
ނިމިދިޔަ ދެހަފްތާ ތެރޭގައި ރާއްޖެއަށް ފިޔާ ލިބުން ދަތިވެ، ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ބާޒާރުން ފިޔާ ހުސްވުމާ ގުޅިގެން އެސްޓީއޯ އިން ވަނީ ލިމިޓް ކޮށްގެން އާންމުންނަށް ފިޔާ ވިއްކައިފަ އެވެ.
އޭގެފަހުން އިންޑިއާއިން ރާއްޖެ އަށް ފިޔާ ލިބެން ފެށުމުން މިހަފްތާއިން ފެށިގެން ފިޔާގެ އަގު ވަނީ ކުޑަވެފައެވެ. އެގޮތުން މިހާރު ފިޔާ ކިލޯއެއް 20ރ. އަށް ވެސް ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް