ކުޅުދުއްފުށީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހދ. ކުޅުދުއްފުށީ ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެފައިހުރި މައްސަލައެއްގައި އެގެއަށް ދިޔައިރު އެގޭގައި އަލިފާ...

22 Oct 2019 | 04:11

ހދ. ކުޅުދުއްފުށީ ކަކާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ކުޅުދުއްފުށީ ކަކާގޭގައި ހުރި ސައިކަލެއްގައި އަލިފާން ރޯވެފައިހުރި މައްސަލައެއްގައި އެގެއަށް ދިޔައިރު އެގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން ސައިކަލުގެ އިތުރުން އެގޭގެ ސީލިންގާއި ރަށު ޕިކަޕެއްގައި ވެސް ރޯވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ފަތިހު 4:10 ހާއިރު އެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ ކޮށްފައެވެ. ސިފައިން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 04:40 ހާއިރުއެވެ. މި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ކަކާގެއާ ޖެހިގެން ހުރި ނަހާގޭއަށް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް