ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ސްރީލަންކާއަށް ވަޑައިގެންފައި ވާއިރު، ނޮވެމްބަރ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
13 އަހަރުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް 2015 ވަނަ އަހަރު އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައެވެ.
ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް