ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި ވަކި ގޮތެއް އެ ކޯޓުން ނިންމަންދެން ޕީޕީއެމް އިން ނިންމާ ކަންކަން ބަލައިނުގަންނާނެ ކަމަށް އިލެކްޝަން ކޮމިޝަންއިން ބުނެފިއެވެ.
އީސީއިން މިހެން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ޕީޕީއެމްއިން ބައެއް މެންބަރުން އެ ޕާޓީން ވަކި ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، ނަމަވެސް މިވަގުތު ސިވިލް ކޯޓްގައި އެޕާޓީގެ ލީޑަޝިޕާ ގުޅޭ މައްސަލައެއް ކުރިއަށްދާތީ، ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން ނިންމާ އެއްވެސް ކަމެއް އީސީއިން ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތަށް ނިންމީ މިހާރު ނިންމާ ބައެއް ކަންކަމުގެ ސަބަބުން ސިވިލް ކޯޓްގައި ހިނގަމުންދާ މައްސަލައަށް ބުރޫ އަރާފާނެ ކަމަށް ބެލެވޭތީ ކަމަށް ޝަރީފް ވިދާޅޫވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް