ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ ދަ ހިންދޫއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރާއްޖެއަކީ ނަޝީދުގެ ގައުމު ކަމަށާއި، ރާއްޖެ ނައުމަށް އެންގުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާގޮތަށް ޖަލަށް ދާންޖެހިއްޖެ ނަމަ ޖަލަށް ވަޑައިގެންނެވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށާއި، ނަމަވެސް ވެރިކަން ބަދަލު ކުރުމަށް އިތުރު އުނދަގޫތަކެއް ކުރިމަތި ވާނަމަ ޖަލުން ނެރެން ޖެހޭނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ ނިންމުމާއެކު ވެރިކަން ބަދަލުވެގެންދާކަން ޔަގީން ކުރަން ޖެހޭ ކަމަށާއި އަދި އިންޑިއާއާއި އަވައްޓެރި ސްރީލަންކާ ފަދަ ގައުމުތަކުގެ މަސްލަހަތު އޮތީ ވެސް އެގޮތުގެ މަތީގައި ކަމަށެވެ.
13 އަހަރުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް 2015 ވަނަ އަހަރު އިއްވީ ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައެވެ.
ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް އާލާސްކަންފުޅެއްގައި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ރައީސް ނަޝީދު ބޭސްފަރުވާއަށް ވަޑައިގެންނެވުމަށް ފަހު އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ދިރިއުޅުއްވަމުން ގެންދަވަނީ އެގައުމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް