ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރާނެ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު، ރޭގައި ވިދާޅުވެއްޖެއެވެ.
އަބްދުﷲ ރިޔާޒު މިހެން ވިދާޅުވެފައިވަނީ ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައަކަވަމުންނެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ލިބިފައިވާ މައުލޫމާތުތައް އެންމެ އެކަށީގެންވާ ޕްލެޓްފޯމްގައި ހާމަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، އެ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހާމަކުރުމަކީ އެންމެ ޒިންމާދާރު ގޮތް ނޫން ކަމަށެވެ.
ރިޔާޒު ވިދާޅުވީ ޕޮލިސް ކޮމިޝަނާ ގޮތުގައި ހުންނަވަނިކޮށް ލިބޭ މައުލޫމާތުތައް ގާނޫނުގައިވާ ގޮތުން ވެސް ހާމަ ނުކުރެވޭނެ ކަމަށާއި، އެއީ ރައްކާތެރި ކުރެވިފައިވާ މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ އެ މައުލޫމާތުތައް އާންމުކޮށް ހާމަ ނުކުރެއްވޭނެ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު މިހެން ވިދާޅުވެފައިވާއިރު، އަފްރާޝީމްގެ މަރާ ގުޅިގެން މައުލޫމާތު ހާމަ ނުކުރާތީ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އާންމުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް