ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މާފު ނުދެއްވުމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ޝައިޚް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.
ޝައިޚް މިކަމަށް ގޮވާލައްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޝައިޚް ވިދާޅުވެފައިވަނީ ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވި ފަރާތްތަކާއި ހައްގަކާ ނުލާ މަރާލެވިފައިވާ މަގްތޫލުންނަށް އިންސާފު ހޯއްދަވާ ދެއްވުމަށް ވަރަށް އަދަބުވެރިކަމާއެކު ރައްޔިތުންގެ ރައީސް އޮނަރަބަލް އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހުން އެދިލައްވާކަމަށެވެ.
"އަދި މިފަދަ ޖަރީމާތައް ހިންގެވި އެއްވެސް ފަރާތަކަށް މާފު ނުދެއްވުމަށްވެސް ގޮވާލަން" ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ކުރިއަށްދިޔައިރު ސަރުކާރުން ޝައިޚް އިލްޔާސް ސިފަ ކުރަމުން ގެންދިޔައީ އިދިކޮޅަށް ތާއީދުކުރާ ދީނީ އިލްމުވެރިއެއްގެ ގޮތުގައެވެ. އެގޮތުން ޝައިޚް އިލްޔާސް ފުލުހަށް ހާޒިރު ކުރިއެވެ. އަދި ޕާސްޕޯޓްވެސް ހިފެހެއްޓިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް