ކެމްޕޭނު ފައިސާ ހޯދާކަށް ރައީސްް ޔާމިން ނުގުޅުއްވާ، އެމްއެމްޕީއާރުސީގެ ފައިސާގެ ކަންމުގައި ވަރަށް ގިނައިން ގުޅުއްވާ: އަދީބު

ކެމްޕޭނު ފައިސާ ހޯދަން ކުރީގެ ރައީސްް ޔާމިން ނުގުޅުއްވާ ކަމަށާއި، އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާގެ ކަންމުގައި ވަރަށް ގިނައިން ގުޅުއްވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅެއްޖެއެ...

22 Aug 2019 | 07:09

ކެމްޕޭނު ފައިސާ ހޯދަން ކުރީގެ ރައީސްް ޔާމިން ނުގުޅުއްވާ ކަމަށާއި، އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ފައިސާގެ ކަންމުގައި ވަރަށް ގިނައިން ގުޅުއްވާކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅެއްޖެއެވެ.

މިހާރު ކުރިއަށްދާ ރައިސް ޔާމީނުގެ ޝަރީއަތުގައި ހެކިބަސް ދެއްވަމުން ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ވިދާޅުވީ ކެމްޕޭނު ފައިސާއެއް ހޯދުމަށް 2014 އަދި 2015 ވަނަ އަހަރުވެސް ގުޅުއްވާފައި ނުވާކަމަށެވެ. އެހެންނަމަވެސް ވަރަށް ގިނައިން އެމްއެމްޕިއާރުސީގެ ފައިސާއާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ރައީސް ޔާމީން ގުޅުއްވާކަމަށް އޭނާ ވަނީ ހެކިބަސް ދެއްވާފައެވެ.

އަދި މީގެ އިތުރުން 2015 ވަނަ އަހަރު ފިނިފެންމާ ލޯންޗުގައި ބޮން ގޮއްވާލި ފަހުންވެސް އެމްއެމްޕިއާރުސީގެ ފައިސާގެ ކަންކަމުގައި ރައީސް ޔާމިން ވަރަށް ގިނައިން ގުޅުއްވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

ކެމްޕޭނު ފައިސާ ހޯދަން ކުރީގެ ރައީސްް ޔާމިން ނުގުޅުއްވާތޯ ދައުލަތުގެ ފަރާތުން އަދީބުއާއި ސުވާލުކުރެއްވުމުން އަދީބު އިތުރަށް ވިދާޅުވީ، އޭރު އެއްވެސް އިންތިހާބެއް ބޯމަތިވެފައި ނުވާކަމަށާއި، އެހެންކަމުން އޭރު އެއްވެސް ކެމްޕެއިނު ފައިސާއެއް، ފަންޑް ރެއިޒްކޮށްފައި ނުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް