ސެމްސަންގުން އެންމެ ފަހުން ނެރުނު ސެމްސަންގެ ގެލެކްސީ ނޯޓް 10 އަދި 10 ޕްލަސް ރާއްޖެ އަށް ރައާރަފްކޮށް، ޕްރީ އޯޑަރު ކުރުމަށް ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން ސެމްސަންގެ 10 އަދި 10 ޕްލަސް ރާއްޖެއަށް ތައާރަފްކޮށް ޕްރީ އޮޑަރަށް ހުޅުވައިލީ ރޭ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހިންގި ހާއްސަ ހަރަކާތުގެ ތެރެއިން ގެލެކްސީ ނޯޓް 10ގެ ކެމެރާ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލައިފައެވެ.
ދިރާގުން ބުނީ، ރެއިން ފެށިގެން ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރު ކުރެވޭނެ ކަމުގައެވެ. ދިރާގު މެދުވެރިކޮށް ނޯޓް 10ގެ ޕްރީއޯޑަރު ކުރާނަމަ ގެލެކްސީ ގަޑިން 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ޕްރީ އޯޑަރ ކުރާ ފޯނުތަކުގައި ހަ މަސް ދުވަހަށް ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބޭއިރު، އިންސްޓޯލްމެންޓަށް ފޯނު ނެގޭނީ ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަނި ކަމަށް ވެސް ދިރާގުން ބުނެއެވެ.
ގެލެކްސީ ނޯޓް 10 ގައި 6.3 އިންޗީގެ ޑިސްޕްލޭއެއް ހުންނައިރު ނޯޓް 10 ޕްލަސްގައި 6.8 އިންޗީގެ ޑިސްޕްލޭއެއް ހުރެއެވެ. މި ދެ ވައްތަރުގެ ފޯނުތަކުގައި ބޭނުންކޮށްފައި ވަނީ އެކި ދިމާލުން އެކި ކުލަ ފެންނާނެހެން "އޯރާ" ކުލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް