ޖޫންގެ ނިލަލަށް ކުރި ކައިވެންޏާއި ވަރީގެ އަދަދު ދަށްވެއްޖެ

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރި ކައިވެންޏާއި ވަރީގެ އަދަދު ދަށްވެއްޖެ އެވެ. ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތު...

22 Aug 2017 | 09:31

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުރި ކައިވެންޏާއި ވަރީގެ އަދަދު ދަށްވެއްޖެ އެވެ.

ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރުގެ އެ މުއްދަތުގައި 2،636 ކައިވެނިކޮށްފައިވެ އެވެ. މިއަހަރުގެ އެ މުއްދަތުގައި ކޮށްފައިވަނީ 2،292  ކައިވެންޏެވެ.

މިދިޔަ އަހަރާއި އަޅާ ބަލާއިރު އެ  މުއްދަތުގައި ވަރި ކުރި އަދަދުވެސް ވަނީ މަދުވެފަ އެވެ. މިދިޔަ އަހަރުގެ ޖޫންގެ ނިލަޔަށް 1،808 ވަރިކޮށްފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ކޮށްފައިވަނީ 1476 ވަރިއ ެވެ.

ނިސްބަތުން ބަލާނަމަ މިއަހަރުގެ ޖޫންގެ ނިޔަލަށް ކައިވެނި ކުރި ނިސްބަތް 13 ޕަސެންޓު ދަށްވެފައިވާއިރު ވަރި ކުރި ނިސްބަތް ވަނީ 18 ޕަސެންޓު ދަށްވެފައި އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގައި 5،400 ކައިވެނިކޮށްފައިވާއިރު 3،400 ވަރިކޮށްފައިވެ އެވެ. ނިސްބަތުން ބަލާއިރު ރާއްޖެއަކީ މި ސަރަހައްދުގައި އެންމެ ވަރި ގިނަ ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް