ޖާބިރުގެ ޕާސްޕޯޓު ހިފެހެއްޓުމުން އިމިގްރޭޝަނާއި ދެކޮޅަށް ދައުވާކޮށްފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ. ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގުނީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭ...

22 Aug 2017 | 07:25

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ޖާބިރުގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން އެނގުނީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސިވިލާތަށް ވަޑައިގެން އެގައުމަށް އެތެރެވާން އުޅެނިކޮށެވެ. އެއީ މިދިޔަ ޖޫން މަހު އެވެ.

އެކަމަކު ގާތްގަނޑަކަށް 12 ގަޑިއިރުގެ މަސައްކަތަށް ފަހު ޖާބިރަށް އިނގިރޭސިވިލާތަށް އެތެރެވެވިފަ ވެއެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ ދަތުރުގެ މެދުތެރެއިން ޕާސްޕޯޓު ކެންސަލް ކުރާ ގައުމަކީ ހަމައެކަނި ރާއްޖެ ކަމަށެވެ.

ޖާބިރު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އިމިގްރޭޝަން ޑިޕާޓްމަންޓާއި ދެކޮޅަށެވެ.

ޖާބިރުގެެ ޕާސްޕޯޓް ކެންސަލްކުރީ ކީއްވެގެން ކަން އިމިގްރޭޝަނުން ހާމަ ނުކުރިޔަސް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރުމަށް އިމިގްރޭޝަންގައި ފުލުހުން ވާނީ އެދިފަ އެވެ. އެއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެކަމަކު އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ޖާބިރު ހޯދަން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް