ސިފައިންގެ އެހީތެރިކަމާއި އެކު މަޖިލީހުގެ ޖަލްސާ ފަށައި، ނިންމާލައިފި

މިއަދު އަޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ސިފައިންގެ އެހީތެރިކަމާއި އެކު ފަށައި، ނިންމާލައިފި އެވެ. މަޖިލީހުގެ ޖަލްސާ ކުރާ މަލާމަލަށް ރައީސް އަބްދުﷲ މަސީހު ވަޑައިގެންނެވީވެސް ސިފައިންގެ ބޮޑު ފައުޖަކ...

22 Aug 2017 | 07:10

މިއަދު އަޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ސިފައިންގެ އެހީތެރިކަމާއި އެކު ފަށައި، ނިންމާލައިފި އެވެ.

މަޖިލީހުގެ ޖަލްސާ ކުރާ މަލާމަލަށް ރައީސް އަބްދުﷲ މަސީހު ވަޑައިގެންނެވީވެސް ސިފައިންގެ ބޮޑު ފައުޖަކާއި އެކު އެވެ. ރިޔާސަތުގެ ވަށައިގެން ސިފައިން ތިބި އިރު އިދިކޮޅު ފަރާތްތަކުން ދިޔައީ އަޑުގަދަކުރަމުންނެވެ.

މިއދުގެ ޖަލްސާގައި އޮތީ ހަމައެކަނި އެޖެންޑާ އިއްވުމެވެ. އެޖެންޑާ އިއްވެވުމަށް ފަހު ވަގުތު ޖަލްސާ ނިންމާލިކަން އިއުލާނު ކުރެއްވި އެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި އޮތީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖެއްސެވުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރަކަށް އަހުމަދު ނަސީރު ހަމަޖެއްސެވުމުގެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ދާއިމީ ކޮމެޓީ އަށް ފޮނުވުމެވެ.

ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވާ ގޮތުގައި އެޖެންޑާ އިއްވުމަށް ފަހު ރިޔާސަތުން ޖަލްސާ ނިންމާލީއެވެ. އެކަމަކު އިދިކޮޅު މެންބަރުންގެ ހަޅޭކުގެ އަޑާ ހެދި ރިޔާސަތުން އެޖެންޑާ އިއްވެވި އަޑު އިވުނީ ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް އެކަންޏެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ މާދަމާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް