ލޯވަޅު ތޮރުފުމުގެ މުބާރާތާއެކު އޭސް ހާޑްވެއާގެ ޕަވަރ ޓޫލް ޑެމޮންސްޓްރޭޝަން ކުރިއަށް ގެންގޮސްފި

އޭސްހާރޑަވެއަރ އަދި ހޯމްސެންޓަރ އިން 18 އޯގަސްޓް ވީ ހުކުރު ދުވަހު ޕަވަރޓޫލްސް ޑެމޮންސްޓްރޭޝަންއެއް ބާއްވައިފިއެވެ. މި ޑެމޮންސްޓްރޭޝަންގެ ބޭނުމަކީ އޭސްހާރޑްވެއަރ އިން ވިއްކަމުންދާ ޕަވަރޓޫލްސް ތަކުން ކު...

22 Aug 2017 | 05:05

އޭސްހާރޑަވެއަރ އަދި ހޯމްސެންޓަރ އިން 18 އޯގަސްޓް ވީ ހުކުރު ދުވަހު ޕަވަރޓޫލްސް ޑެމޮންސްޓްރޭޝަންއެއް ބާއްވައިފިއެވެ.

މި ޑެމޮންސްޓްރޭޝަންގެ ބޭނުމަކީ އޭސްހާރޑްވެއަރ އިން ވިއްކަމުންދާ ޕަވަރޓޫލްސް ތަކުން ކުރެވޭ ކަންތައްތައް ވީހަވެސް ގިނަ މީހުންނަށް އެއްތަނަކުން ދައްކާލުން ކަމުގައި އޭސް ހާރޑްވެއަރ އިން ހާމަކުރެ އެވެ.

"ވަރަށް ގިނަ އަދަދެއްގެ ޓޫލްސް ތަކުން ކުރެވޭ ކަންތައްތައް މިއިވެންޓުގައި އާންމުންނަށް ދައްކާލެވުނު، ދައްކައިލެވުނު ޓޫލްސް ތަކުގެ ތެރޭގައި މިލްވައުކީ، އޭއީޖީ އަދި އޭސް ފަދަ ބްރޭންޑްތައް ހިމެނެއެވެ. މި އިވެންޓްގައި ތަކެތި ގަތުމުގެ ފުރުސަތުވެސް ހުޅުވިގެންދިޔަ" އޭސް ހާރޑްވެއަރ އިން ހާމަކުރެ އެވެ.

އޭސް ހާރޑްވެއަރގެ  މި އިވެންޓުގައި ލައިވް ޑެމޯ ގެ އިތުރުން ލޯވަޅު ތޮރުފުމުގެ މުބާރާތެއްވެސް ކުރިއަށްގެންދިޔަ އެވެ. 15 ބޭފުޅަކު ބައިވެރިވި މި މުބާރާތުގައި ކޮންމެ ބޭފުޅަކުވެސް ކުރަންޖެހުނު ކަމަކީ 30 ސިކުންތު ތެރޭގައި ވީހާވެސް ގިނަ ތޮރުފުމެވެ.

އެންމެ ގިނަ ލޯވަޅު ތޮރުފާ ފަރާތަކަށް 14.4 ވޯލްޓްގެ އޭސް މެކްސް ކޯރޑްލެސް ޑްރިލްއެއް އިނާމެއްގެ ގޮތުގައި ލިބިގެންދިޔަ މި މުބާރާތް ކާމިޔާބު ކުރީ އަދްނާން އަބްދުލް ހަމީދު ކިޔާ ބޭފުޅެކެވެ. މީނާ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 30 ސިކުންތު ތެރޭގައި 63 ލޯވަޅު ޑްރިލް ކޮއްގެންނެވެ.

އޭސް ހާރޑްވެއަރއިން ހާމަކުރާގޮތުގައި މިކަހަލަ އެތައް އިވެންޓެއް މިއަހަރު ތެރޭ ބާއްވަން ވަނީ ނިންމާފައެވެ. މި އިވެންޓުތަކުގެ ބޭނުމަކީ އޭސް ހާރޑްވެއަރ އިން ކަސްޓަމަރުންނަށް ކޮލިޓީ ޕްރޮޑަކްސްޓްސްތައް ރަނގަޅު އަގުތަކުގައި އޭސް ހާޑްވެއަރ އިން ލިބޭނެކަން ކަސްޓަމަރުންނަށް އަނގައި އޮޅުންފިލުވައިދިނުމުގެ އިތުރުން އެ ޕްރޮޑަކްޓްސް ތަކާއިބެހޭ އިތުރު މައުލޫމާތު ކަސްޓަމަރުންނަށް ދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް